
ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް ބޮޑުރާޅު އަރަމުން އެބަދޭ
15/5/2007 | އާފަތިސް
13:19
** އަޅުގަނޑުމެންގެ އައްޑޫ އޮފީގުގެ ރިޕޯޓަރު އަޝްފާމް މި ވަގުތު ހުރީ މަރަދޫފޭދޫއާއި، ފޭދޫ އާ ގުޅުނު ސަރަހައްދުގައެވެ. އޭނާ ބުނާ ގޮތުގައި މިހާރު އުދަ އެރުން ކުޑަކޮށް މައިތިރި ވެއްޖެއެވެ. އެހެން ނަމަވެސް ހަންކެޑެ ސަރަހައްދުން ލިންކް ރޯޑުން ދަތުރު ކުރަން އުނދަގޫ ވާ ވަރަށް ލޮނު އަރާފައި އެބަ އޮތެވެ.
** މަރަދޫ ބައެއް ގޭގެއަށް ލޮނު ވަދެފައި ވެއެވެ. މިހާރު އެ ހިސާބުގައި ސިފައިން ޙަރަކާތްތެރި ވަމުން އެބަ ދެއެވެ.
-ޅ، ސ، ށ،ދ، ތ، ގދ، ގއ.އއ، އދ އަދި ލ އަތޮޅަށް ބޮޑުރާޅު އަރާފައިވާކަން ކަށަވަރުވެއްޖެ
-އުދައަރަމުންދަނީ ބިންހެލުމެއްގެ ސަބަބުން ނޫން ކަމަށާއި މިސަރަހައްދުގައި ސުނާމީގެއެއްވެސް ބިރެއްނެތް ކަމަށް މޫސުމާބެހޭ އޮފީހުންބުނޭ
11:00
ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކަށް ބޮޑު ރާޅު އަރަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ. މިގޮތުން މިއަދު ހެދުނު ވަނީ ފާދިއްޕޮޅު ހިންނަވަރަށް ބޮޑުރާޅެއް އަރައި ފެންބޮޑުވެފައެވެ. އަދި އައްޑު އަތޮޅު ފޭދޫ އަށް ބޮޑު ރާޅުއަރައި ވަރަށް ބޮޑަށް ފެންބޮޑުވެއްޖެ ކަމަށް އެއަތޮޅުގައި މިހާރު ހުރި އާފަތިސްގެ ނޫސްވެރިޔަކު ޚަބަރު ދީފިއެވެ. އާފަތިހުގެ ނޫސްވެރިން މިހާރު އެތާގައި އެބަތިއްބެވެ."އާފަތިސް" ނޫހުގެ ނޫސްވެރިޔަކު ހުޅަނގު ކޮޅުގައި ހުރެ ބުނުއްވީ އެސަރަހައްދަށް މިހާރުވެސް އުދަ އަރަމުންދާކަމަށެވެ.
މީގެ އިތުރުން ހައްދުންމައްޗަށްވެސް ބޮޑުރާޅު މިއަދު އަރާފައިވާކަން މިހާރުވަނީ ޔަޤީން ކުރެވިފައެވެ. ހަމައެއާއެކު ދ. އަތޮޅު ކުޑަހުވަދޫ އަށާއި ތ އަތޮޅަށާއި ގދ އަތޮޅަށްވެސް އުދަވަނީ އަރާފައެވެ.ގދ. ތިނަދޫގެ އަބޫބަކުރު ސްކޫލާހަމަޔަށް ދެކުނުން ފެންބޮޑުވެފައިވާކަމަށްވަނީ މަޢުލޫމާތު ލިބިފައެވެ. ފަހުން ޚަބަރު ލިބުނުގޮތުގައި ށ އަތޮޅާއި އަރި އަތޮޅު ދެބުރިއާއި ގއ އަށްވެސް އުދަވަނީ އަރާފައެވެ.
މިތަންތަނުން މިމަޢުލޫމާތު ހޯދުމަށް އަޅުގަނޑުމެން މިހާރު މިގެންދަނީ މަސައްކަތް ކުރަމުންނެވެ.
13:00
ފަރެސް މާތޮޑާއަށް ރާޅުއެރުމާ ގުޅިގެން ހުވަދޫ ސްކޫލުގެ ކިޔެވުން ބަންދުކޮށްފި
ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް އުދައެރުމާ ގުޅިގެން ފަރެސް މަތޮޑާގައި ހުންނަ ހުވަދޫ ސްކޫލްގެ ކިޔެވުން ބަންދުކޮށްފިކަަމަށް އެރަށު ސްކޫލުން މަޢުލޫމާތު ދެއްވައިފިއެވެ.
"ރާޅުއަރައިގެންއައިސް ފަރެސްއަވަށުގެ ކެންޕަހާއި މާތޮޑާކެންޕަހަށް ވަނީލޮނު ވަދެފައި. އެހެންކަމުން ކުދިން އެކަމާ ވަރަށް ބޮޑަށް ބިރުންއުޅޭތީ މިސްކޫލުގެ ކިޔެވުން މިހާރު ބަންދު މިކުރަނީ" އެސިސްޓެންޓް ހެޑްމާސްޓަރ އަންވަރު ޙަސަން އެއްގަޑިބައިވިއިރު ވިދާޅުވުއެވެ.
އަންވަރު މަޢުލޫމާތުދެއްވި ގޮތުގައި އެރަށުގެ އިރުމަތީ ފަރާތުންނާއި ހުޅނގުފަރާތުންވެސް މިހާރުދަނީ ރާޅު އަރަމުންނެވެ. ރަށުގެ މެދުތެރެއާ ހިސާބަށް ރާޅުއަރައިފިކަމަށް އެއްގަޑި ފަންސާސްވީރު އަޙްމަދު ކިޔާމީހަކު ބުންޏެވެ. "މިރަށަކީ މީގެކުރިންވެސް ރާޅުއަރާ ރަށެއްނަމަވެސް ދުވަހަކުވެސް މިވަރަށް އަދި އަރުވާފައެއްނެތް. ސުނާމީގައިވެސް މިރަށަށް މިވަރަށް ރާޅެއް ނާރުވާ އޭނާބުންޏެވެ.
ރާޅުއަރާވަގުތު ރަށުތެރޭގައި ދެފޫޓްބަޔަށް ލޮނުގަނޑު ހުންނަކަމަށް އަންވަރު މަޢުލޫމާތު ދެއްވިއެވެ. ދިޔަބޮޑުވާ ވަރަކަށް އަންނަ ރާޅުވެސް ބޮޑުކަމަށް އޭނާވިދާޅުވިއެވެ.
އައްޑު އަތޮޅުގެ އެކިރަށްރަށައް އުދައަރާ ބައެއް ގޭ ގެއަށް ލޮނު ވަދެއްޖެ.
އައްޑުއަތޮޅު ފޭދޫއަށް ރޭ 11:30 އިން ފެށިގެން ދޭތެރެދޭތެއިން އުދައަރަމުންދާކަމަށް ފޭދޫ ކަތީބް ޙަސަން ލަތީފް ޔަގީން ކޮށްދެއްވައިފިއެވެ. "އާފަތިސް" ނޫހުގެ ސީނިއަރ ނިއުސް އެޑިޓަރ މޫނިސާ އީސާ ފޭދޫގެ ހުޅަނގު ކޮޅުގައި ހުރެ ބުނުއްވީ އެސަރަހައްދަށް މިހާރުވެސް އުދަ އަރަމުންދާކަމަށެވެ.
"ފޭދޫގެ ހުޅަނގު ކޮޅުގައި ހުރިއިރު މިސަރަހައްދައް މިހާރުވެސް ދަނީ އުދައަރަމުން. މިތާގެ ބޮޑު މަގުގު މިހާރުސް ހީވަނީ މޫދެއްހެން. މިހާރުވެސް ވަރަށް ބޮޑައް ރާޅު އަރާފައިވަނީ. މިސަރަހައްދުގެ ބައެއްގެޔަށްވެސް ލޮނު ވަދެފައިވަނީ" ލޮނު އަރަމުންދާ ސަރަހައްދުގައި ހުރެ މޫނިސާ ބުނުއްވިއެވެ.
އައްޑު އަތޮޅުގެ އެކި ހިސާބުތަކަށް މިހާރު އުދަ އަރަމުންދާކަމަށާއި އެސަރަހައްދުގެ ކަނޑު އެހާ ގަދަނޫންކަމަށްވެސް "އާފަތިސް" ނޫގެ ނޫސްވެރިން މައުލޫމާތު ދެއެވެ. މިހާރުގެ ހާލަތަށްބަލާއިރު އެއްމެ ބޮޑު ދިޔަވާނެ ކަމަށް ލަފާކުރާ ގަނޑި ކަމަށްވާ 11:59 ގައި ހާލަތު އިތުރަށްގޯސްވާނޭ ކަމަށްވެއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރަމުންދަނީ ބިންހެލުމެއްގެ ސަބަބުން ނޫން ކަމަށާއި މިސަރަހައްދުގައި ސުނާމީގެ އެއްވެސް ބިރެއްނެތް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ މައި އިދާރާއިން ދާދި ދެންމެއަކު ހާމަކުރައްވައެވެ.
ހިންނަވަރަށް މިއަދު 9:45 ހާއިރު ބޮޑު ރާޅެއް އަރައިފި
11:00
ޕާދިއްޕޮޅު ހިންނަވަރަށް މިއަދު 9:45 ހާއިރު ބޮޑު ރާޅެއް އަރައިފިއެވެ. މިރާޅު އަރާފައިވަނީ ރަށުގެ އިރުމަތީ ފަރާތަށެވެ. ހިންނަވަރު އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި އިރުމަތީފަރާތު އެކި ދިމަދިމާއިން 40 ހަކަށް ފޫޓް އެތެރެއަށް ލޮނުގަނޑު ވަދެފައިވެއެވެ.
ހިންނަވަރު ކަތީބު އިބްރާހިމް އަލީ ވިދާޅުވިގޮތުގައި ހިންނަވަރުގެ އިރުމަތީ ފަރާތަކީ ކަނޑު ތޮށްޓެއް ލާފައި އޮންނަ ފަރާތެއް ނޫނެވެ. މިތާގައި އޮތް ތޮށި ސުނާމީ ކާރިސާގައި މުޅިންވަނީ ހަލާކުވެފައެވެ. އޭނާ ވިދާޅުވީ ކެތީގައި ދިޔަވަރު ބޮޑުވާ ދުވަސްވަރަކަށް މިދުވަސްވަރު ވުމާއެކު ވިއްސާރައި އުދަ މިދުވަސްވަރު ހިންނަވަރަށް ކުރިމަތިވެފައިވާ ކަމަށެވެ.
ރާޅުއެރި މަންޒަރު ދުށް މީހުންނާ ޙަވާލާދެއްވައި ކަތީބު ވިދާޅުވީ މިރާޅަކީ ވަކިން ނެގި ބިޔަ ރާޅެއްގެ ގޮތުގައި އެމީހުން ސިފަކުރާ ރާޅެއް ކަމަށެވެ. އެހެންނަމަވެސް މި ރާޅުގެ ބޮޑުމިން ލަފާކުރައްވައި ވަކި އެއްޗެއް އޭނާ ވިދާޅެއްނުވެއެވެ.
މިއެރި ރާޅާގުޅިގެން ރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވެގެން އުޅޭ ކަމަށާއި މީގެ އުދަނގޫ ކުރިމަތިވެފައިވާ ވަރު އެނގޭނީ ލޮނު ގަނޑު ހިނދި ފެނަށް އައިސްފައިވާ ބަދަލުތަކުން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
އިބްރާހީމް ޢަލީ ވިދާޅުވީ މިރާޅު ނޫނަސް ބައެއް ނަކަތްތަކުގައި މިފަދައިން ރާޅުގެ އުނދަގޫ ކުރިމަތިވާކަމަށާ، މިކަން ޙައްލުވާނެކަމަށް ލަފާކުރެވެނީ ބަދަރު ހެދިގެން ކަމަށެވެ. މިރަށުގެ އެންމެންވެސް މިކަހަލަ ޙާދިސާތަކާހުރެ ބަނދަރުހެދޭނެ ދުވަހަކަށް ވަރަށް ބޮޑަށްއިންތިޒާރުކުރަމުން ދާކަމަށާއި ބަނދަރު ހަދައި ނިމިގެން ނޫނީ ހިންނަވަރަށް ދިމާވެފައިވާ އުދައެރުމުގެ މައްސަލަ ހައްލުވާނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.


No comments:
Post a Comment